ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ނ. އަތޮޅަށް


2024-07-12

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ނ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ ނ. ހޮޅުދޫ މޭނާ ސްކޫލުގެ 2021-2022 އާއި 2022-2023 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ނ. އަތޮޅުގެ 4 ރަށަކަށް ވަޑައިގެން އެ ރަށްރަށުގައި ހުންނަ ސްކޫލުތަކަށް ޒިޔާރަތްކުރައްވާ، މުވައްޒަފުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ނ. ހޮޅުދޫ އަށް ވަޑައިގެން މޭނާ ސްކޫލަށް މިނިސްޓަރ ވަނީ ޒިޔާރަތްކުރައްވާފައެވެ. އެއަށް ފަހު ނ. ވެލިދޫ ނ. އަތޮޅު ތަޢުލީމީ މަރުކަޒު، ނ. މަނަދޫ ނ. އަތޮޅު މަދަރުސާ އަދި ނ. މާފަރު ސްކޫލަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމާވެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.