"ބްލެންޑެޑް ކޯސް ޑިވެލޮޕްމެންޓް ވޯކްޝޮޕް" ފަށައިފި


2024-08-12

ކޮމަންވެލްތް އޮފް ލާރނިންގ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން(އެން.އައި.އީ) ގުޅިގެން ކުރިއަށް ގެންދާ "ބްލެންޑެޑް ކޯސް ޑިވެލޮޕްމެންޓް ވޯކްޝޮޕް" ފަށައިފިއެވެ. މި ވޯކްޝޮޕް ރަސްމީކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ޑރ. ފާޠިމަތު ނިޝާނެވެ.

 

ކޮމަންވެލްތް އޮފް ލާރނިންގ ގެ އެހީގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ، އެން.އައި.އީ އިން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޓްރެއިނިންގ ތަކުގެ ޕެކޭޖްތައް ތަރައްޤީކުރުމެވެ. އަތޮޅުތަކުގެ ޓީޗިންގ ރިސޯސް ސެންޓަރ (ޓީ.އާރު.ސީ) ތަކުގައި މަސައްކަތް ކުރައްވާ ޓީ.އާރު.ސީ ކޯޑިނޭޓަރުންނާއި އެން.އައި.އީގެ ފަންނީ މުވައްޒަފުން ބައިވެރިކޮށްގެން ކުރިއަށްގެންދާ މި ވޯކްޝޮޕް ނިމޭއިރު 20 ޕެކޭޖް ތަރައްޤީކުރެވިގެންދާނެއެވެ.

 

11 އޮގަސްޓު އިން 15 އޮގަސްޓަށް އެން.އައި.އީގެ ސެމިނަރ ރޫމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފާއި އެން.އައި.އީގެ ފަންނީ މުވައްޒަފުންނެވެ.